އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މުޒާހަރާ ކޮށްފައި ވާތީ އެ ޕާޓީއަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތުގައި ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް ނިންމުމަށް ފަހު ކަމަށެވެ.

Ad
rt

މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު "ކޮބާ މަގޭ ފްލެޓް" ގެ ނަމުގައި ޕީޕީއެމްއިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން، އެ ޕާޓީ ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނުން އެންގީ ފެބުރުއަރީ 22 ވަނަ ދުވަހު އެވެ.

އަނެއްކާވެސް ޕީޕީއެމް ޖޫރިމަނާ ކޮށްފައި ވާއިރު މީގެ ކުރިންވެސް އެ ޕާޓީއާއި، ޕީއެންސީން މާލޭގައި ބޭއްވި ސައިކަލު ބުރަކާ ގުޅިގެންވެސް އެ ޕާޓީ 75،000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.

މީގެއިތުރުން އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެގެން ފުލުހުން ވަނީ މިމަހުގެ 15 ވަނަ ދުވަހު ތިން ޕާޓީއެއް ޖޫރިމަނާ ކޮށްފައެވެ.

އެގޮތުން ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ 5000 ރުފިޔާއިން އިން ޖޫރިމަނާ ކޮށްފައިވާއިރު، ޕީޕީއެމް އާއި ޕީއެންސީން ކުރެ ކޮންމެ ޕާޓީއެއް 25000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.