ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑަށް ހއ. ހޯރަފުށީ/ނަސީމީ ހައުސް، މުޙައްމަދު ނިޒާމް އައްޔަނުކޮށްފިއެވެ.

އެސްޓީއޯ އިން އިއްޔެ ބުނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން، ނިޒާމް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ކަމަށެވެ.

Ad
rt

ނިޒާމް މިހާރު ވެސް ހުންނެވީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މަގާމުގަ އެވެ.

އެސްޓީއޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ފުރުއްވި ނިޒާމަކީ އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ.

އޭނާ އެސްޓީއޯގައި މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.