މިނުރައްކާތެރި ހާލަތު ދަރިފުޅަށް ކިޔައިދޭނީ ކިހިނެއް؟
މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑ19 ވަބާގެ ސަބަބުން މިޖެހެނީ ގެއިން ނުނިކުމެ ގޭގައި ބަންދުވެ ތިބޭށެވެ. މިވަގުތަށް އެންމެ ރައްކާތެރި ގޮތަކީވެސް އެއީއެވެ. ތިމާގެ ލޯބިވާ ދަރިންނާއި އާއިލާއަށަ އަދި ތިމައަށްވެސް އެންމެ ރައްކާތެރި ގޮތަކީ އެއީއެވެވ. އަދި ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި އެދެމުންދަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށެވެ. މިކަމަށް މަގުފަހު ކުރުމަށް ސަރުކާރުންވެސްވަނީ ވަރަށް ބޮޑެތި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިސްކިތްތަކާއި އޮފީސްތަކާއި އާނ...