ރާއްޖެއިން ފުރަތަމަ ފެނުނު ކޮވިޑް-19ގެ 2 ބަލި މީހުންނަށް ފަރުވާދެވި ރަނގަޅުވެފައިވާކަން މިރޭ ސަރުކާރުން ޢިއުލާން ކުރުމާއި ވިދިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު، ފައިސަލް ނަސީމްގެ ޝުކުރު އެންމެހާ ސިއްޚީ ޚިދުމަތް ތެރިންނަށް ދަންނަވައިފިއެވެ.
ٱلْحَمْدُ لِلَّٰهِ
ރާއްޖެއިން ފުރަތަމަ ފެނުނު ކޮވިޑް19 ގެ 2 ބަލިމީހުންނަށް ފަރުވާދެވި މިވަނީ ރަނގަޅުވެފައި. ބަލިމީހާއަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި މިކަމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން#StaySafe #PracticeSocialDistancing— Faisal Naseem (@FaisalNasym) March 20, 2020
މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދު ﷲ އަމީން، ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވެއްޖެ ކަން ޢިއުލާން ކުރިތާ ކުޑަ އިރުކޮޅެއްތެރޭ ނައިބު ރައީސް ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން ފުރަތަމަ ފެނުނު ކޮވިޑް-19ގެ 2 ބަލި މީހުންނަށް ފަރުވާދެވި ރަނގަޅުވެފައި ވާކަމަށެވެ.
ބަލިމީހާއަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އެކަމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށް ނައިބު ރައީސްގެ ޓުވީޓްގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!