މީސް މީޑިއާގައި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ޓެގް ކޮށް ޓުވީޓު ކުރަމުން ގެންދާތީ، އެގޮތަށް ޓެގް ކުރަމުން ގެންދަނީ އެމަނިކުފާނާއި ގުޅުން ނެތް ކަމެއްގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ ވިދާޅު، އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން ސާފުކޮށްދެއްވައިފިއެވެ.
ބެލެވޭ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު އެއިޝާރާތް ކުރެއްވީ ޗެނަލް-13 އިން ގެނެދޭ "މަޑިސީލަ" ޕްރޮގްރާމްގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ގުޅުވައިގެން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދެއްކުމުން އެކަމަށް ފިޔަވަޅު އެޅުމަށް އެދި ބައެއް ފަރާތްތަކުން އެމަނިކުފާނު ޓެގްކޮށް ޓުވީޓު ކުރަމުންގެންދާތީއެވެ.
" މިދުވަސް މާގިނައިން ޓެގް ކުރަމުންދާތީ ބުނެލަން އޮތީ ޓެގް ތިކުރައްވަނީ އަޅުގަނޑާއި ގުޅުމެއްނެތް ކަމެއްގައޭ، އެންމެން އަތް ދޮންނާތި!" އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
Mi dhuvas varu maa ginain tag kuramun dhaatheeve, bunelan othee tag thi kuravvanee alhugandaa gulhumeh neh kamehga ey. Enmen aiy dhonnaathi. #HandHygiene #COVID19
— Hussain Fiyaz Moosa (@hussainfiyaz) March 19, 2020
ޗެނަލް-13 އިން ގެނެދޭ "މަޑިސީލަ" ޕްރޮގްރާމްގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ގުޅުވައިގެން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދެއްކުމުން އެކަމަށް ފިޔަވަޅު އެޅުމަށް އެދި މިސަރުކާރުގެ ސިޔާސީ މަޤާމެއްކަމުގައިވާ ޑިރެކްޓަރުގެ މަޤާމް ފުރާ ފަރާތަކާއި، ބައެއް ސޯސަލް މީޑިއާ ހަރަކާތްތެރިން ވަނީ އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ޓެގްކޮށް ޗެނަލް-13 އަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
ނަމަވެސް ޓީވީޗެނަލަކުން ހިންގާ އެފަދަ އަމަލަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ޤާނޫނީގޮތުން މަތިކޮށްފައި އޮންނަނީ ބްރޮޑްކާސްޓިން ކޮމިޝަންއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!