މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާޗް 20 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ 4 ރަކުޢަތުން މެންދުރު ނަމާދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީއިން ބުނީ ހުކުރު ، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއްކަމަށެވެ.

Ad
rt

އެހެންކަމާއިއެކު ކުރިން އެމިނިސްޓްރީއިން ނެރެފައިވާ ސަރކިއުލާއާއި އެއްގޮތަށް މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާޗް 20 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ 4 ރަކުޢަތުން މެންދުރު ނަމާދު ކަމަށް އެމިނިސްޓްރީއިން ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ކުރިއަށް އޮތް ދެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީއިން އިއްޔެ ނިންމާފައެވެ.

‏އެހެންކަމުން މިރޭ އިސްލާމިކް މިނިސްޓްރީއިން، މާދަމާ މާލޭސިޓީގައި ދިރިއުޅޭ ފަރާތްތައް ގޭގައި ކުރާނީ 4 ރަކުޢަތުން މެންދުރު ނަމާދު ކަމަށް ބުނީ އިތުރަށް ރައްޔިތުންނަށް ފަހުމްކޮށްދީ، ހަނދުމަކޮށް ދިނުމަށް ކަމަށް ބެލެވެއެވެ.