ފުލުހުން ރޯޑް ބްލޮކްތައް ބަހައްޓައި މީހުން ހައްޔަރު ކުރާނެ ކަމަށް ބުނެ ދައުރުކުރަނީ ދޮގު މެސެޖްތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޟަރޫރީ ބޭނުމަކަށް ނުވާ ކަންކަމުގައި މަގުމަތީ އާންމު ތަންތަނަށް ނުކުމެ އުޅޭ ފަރާތްތައް ބޭރަށް ނުނިކުތުމަށާއި ގޭގައި މަޑު ކުރުމަށް ފުލުހުން ނަޞޭޙަތްތެރި ވަމުންދާކަމަށެވެ.

Ad
rt

ފުލުހުން ރޯޑް ބްލޮކްތައް ބަހައްޓައި މީހުން ހައްޔަރު ކުރަމުން ދާނެ ކަމަށް ބުނެ ދައުރުކުރާ މެސެޖަކީ ޙަޤީޤަތާއި ޚިލާފް ވާހަކަތަކެއް ހުރި ދޮގު މެސެޖެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންދަނީ ‏ޟަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅޭ އާންމުން، ފުލުހުންނާއި ގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުން އެދި ނަސޭހަތްތެރިވުމުގައި ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުލުހުންވެސް ގެންދަވަނީ ރައްޔިތުންގެ ރައްކާތެރި ކަމަށާއި، ސަލާމަތާއި އަމަން އަމާން ކަމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.
‎