ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފުރަފަހަރަށް އެމްއާރުއައި މެޝިނެއް ގެނެސްފިއެވެ.
އެކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ހުންނަ، ކުޅުދުއްފުށީ ރީޖަނަަލް ހޮސްޕިޓަލުން ބުނެފައިވަނީ އެއީ ކުޅުދުއްފުށީ ފަސްގަނޑަށް އެރުވުނު ފުރަތަމަ އެމްއާރުއައި މެޝިންކަމަށެވެ. އަދި އުއްމީދަކީ ހުރިހާ ގޮންޖެހުންތައް ކަޑައްތުކޮށް، އެމްއާރުއައި މެޝިންގެ އިންސްޓޮލޭޝަން ނިންމާ އަވަހަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ.
ކުޅުދުއްްފުށި ރީޖަނަލް ހޮސްޕިޓަލަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކީ އުތުރުގެ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ހިތްހަމަަ ޖެހުމެއްކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކުޅުދުއްފުށީ ރީޖަނަަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ލިބިގަންނަ މައި ހޮސްޕިޓަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!