މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑ19 ވަބާގެ ސަބަބުން މިޖެހެނީ ގެއިން ނުނިކުމެ ގޭގައި ބަންދުވެ ތިބޭށެވެ. މިވަގުތަށް އެންމެ ރައްކާތެރި ގޮތަކީވެސް އެއީއެވެ. ތިމާގެ ލޯބިވާ ދަރިންނާއި އާއިލާއަށަ އަދި ތިމައަށްވެސް އެންމެ ރައްކާތެރި ގޮތަކީ އެއީއެވެވ. އަދި ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި އެދެމުންދަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށެވެ. މިކަމަށް މަގުފަހު ކުރުމަށް ސަރުކާރުންވެސްވަނީ ވަރަށް ބޮޑެތި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

މިސްކިތްތަކާއި އޮފީސްތަކާއި އާންމުން އެެއްވެ އުޅޭ ހުރިހާތަނެއް މިވަނީ ބަންދު ކުރެވިފައެވެ. އާންމު ދިރިއުޅުމަށް ބުރޫއަރާ ދުނިޔޭގެ އާންމު ހާލަތު މިވަނީ ބަދަލުވެފައެވެ. ދުނިޔެމަތި މިވަނީ ނުރައްކާތެރި ހާއްޔަކަށްވެ އާންމު ހާލަތު ބަދަލުވެފައެވެ.

Ad
rt

ކުޑަކުޑަ ވައިރަސްއެއްގެ ސަބަބުން މިވަނީ ގޭބަންދު ވެފައެވެ. ކުޑަކުޑަ ތުއްތު ކުދިން ސުކޫލަށް އަދި ޕާކުތަކަށް ނުނެރެ ގޭގައި ތިބޭތާ މިވަނީ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައެވެ.

މިހާލަތުގައި އެންމެ އުނދަގޫ އެއްކަމަކީ ލޯބިވާ ދަރިންނަށް މިކަން ވިސްނައިދިނުމެވެ. ދަރިން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމެވެ. ދެލޯފަދަ ދަރިންނަށް ދޭނެ ރަނގަޅު ޖަވާބެއް ނުލިބި ބޮލުގަ ރިހުން އިތުރުވެފައިތިބި އެތަކެއް މައިންނެއްގެ ޝަކުވާ އަޑު އިވިއްޖެއެވެ. އެންމެ ރަނގަޅު ގޮތަކީ ދަރިންނަށް މިހާލަތު ބަޔާންކޮށްދިނުމެވެ. ޑރ ޒިޔާދު ފޭސްބުކްގައި ގެނެސްދެމުންދާ އިރުޝާދާއި ނަސޭހަތްތަކުން މިސުވާލުތަކަށް ޑރ ޒިޔާދު ދެއްވާފައިވާ ޖަވާބުތަކެއް ހިއްސާކޮށްލާނަމެވެ.

- މާތްﷲ އިންސާނުން އިމްތިހާނުކުރައްވާނެކަން ބުނެދެއްވާށެވެ.
- ހެޔޮ އަމަލުކޮށް، ކެތްތެރިވެއްޖެނަމަ އިނާމު ލިބޭނެކަން ހަނދާންކޮށްދޭށެވެ.
- ސާފުތާހިރުގޮތްތައް ބުނެދީ ދަސްކޮށްދެއްވާށެވެ.
- ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔައިދެއްވާށެވެ.
- އާ ބަލިވުމުން ބޭސް ބުއިންފަދަ އަސްބާބުތަކުގައި ހިފައިގެންހުރެ މާތްﷲއަށް ދުއާކުރަން ބުނެދޭށެވެ.
- މިހާލަތަށް ތިބާ ފުރިހަމައަށް ތައްޔާރުވެފައިވާކަން ޔަގީންކޮށްދޭށެވެ.
- ދަރިފުޅުގެ ވާހަކަތައް އަޑުއަހައި ކަންބޮޑުވުންތައް ފިލުވައިދޭށެވެ.
- މިހާލަތު ބަދަލުވާނެކަމަށާއި ކުރިޔަށްއޮތީ އަލިވިލުންކަން ބުނެދޭށެވެ.