މިއަދަކީ ދިވެހި ތާރީޚުގައި ލިޔެވޭނޭ، ހިތާމަވެރި، މޮޅިވެރި ދުވަހެއްކަން ގައިމެވެ. މިއަދަކީ ކޮވިޑް-19 ގެ ބިރުވެރިކަމާއި ހެދި، އެވައިރަސް ފެތުރިދާނެ މަގުތައް ބަންދު ކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅެއްގެ ދަށުން، އެތައް ސަތޭކަ އަހަރު ތަކަކަށްފަހު މާލޭގެ މިސްކިތްތަކުގައި ހުކުރު ނުކުރާ ދުވަހެވެ.
ބައެއް މަސްދަރު ތަކުން ބުނާގޮގުގައި މިއަދަކީ ވޭތުވި 800 އަހަރު ތެރޭ މާލޭގައި ހުކުރު ނުކުރާ ފުރަތަމަ ދުވަހެވެ.
މިއަދުގެ މިވަގުގުގައި ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިންގެ އިޙްސާސްތައް ހިމަނާލާނަމެވެ.

"މިއަދަކީ 20.3.2020. ހުކުރު ދުވަހެވެ. ކުރެވެނީ ނަމެއްކިޔަން ނޭނގޭ ހިތައް އިހުސާސްވެސް ވާން އެނގޭ ނޭނގޭ އިހުސާސެކެވެ. ފުން، ގެނބުުރު، ދުވަހަކުވެސް ދެން މިހެން ނުވާނެ ނަމައޭ ހިތަށް އަރައެވެ. އިންސާނުންގެ ނިކަމެތިކަން ފެންނާނީ މިހާކަށް ވަރަށެވެ. ދުޢާ ކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ." މަޝްހޫރު ޤާނޫނީ ވަކީލު، ޢަލީ ވިދާޅުވެފައިވެއެވެ.
" 20.3.2020. ހުކުރު ދުވަސް. ކުރެވެނީ ނަމެއްކިޔަން ނޭނގޭ ހިތައް އިހުސާސްވެސް ވާން އެނގޭ ނޭނގޭ އިހުސާސެއް. ފުން. ގެނބުުރު. ދުވަހަކުވެސް ދެން މިހެން ނުވާނެ ނަމައޭ ހިތަށް އަރާ. އިންސާނުންގެ ނިކަމެތިކަން ފެންނާނީ މިހާކަށް ވަރަށް. ދުޢާ. ކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތް! "
ޢަލީ ފަދައިން އަޅުގަނޑުމެންވެސް މިދަނީ ބަޔާން ކުރަން އުނދަގޫ އެތައް އިހްސާސެއް ކުރަމުންންނެވެ. އަޅުގަނޑުގެ ބަހަކީ، މިދަތި ވަގުތުގައި ހެޔޮ ދުޢާ ކުރުމުގައި ތިބެމާ ތޯއެވެ! އުންމީދު ކަނޑައި ނުލާށެވެ! ކިޔަމަންތެރިވެ، އިރުޝާދުގައި ހިފާށެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!