"ކޮވިޑް-19 ކުޑަކުދިންނަށްޖެހޭލެއް މަދުކަމަށާއި އަދި ޖެހޭއިރު އަލާމާތްތަށް ވަރަށް ކުޑަ ނަމަވެސް ރައްކާތެރިވާންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ކޮވިޑް19ގެ ޓެކްނިކަލް ލީޑް މާރިޔާ ވެން ގޮވާލައްވައިފިއެވެ.

ކޮވިޑް19 އާއިބެހޭގޮތުން ދެއްވި ޕްރެސްއެއްގައި މާރިޔާ ބުނެފައިވަނީ ކުޑަކުދިން ބައެއްފަހަރު ވަރަށް ބަލިވެފައިވެސް އެބަހުރިކަމަށާއި މިހާތަނަށް ނިޔާވީ އެންމެ ކުޑަ ކުއްޖެއްކަމަށާއި އެއީ ޗައިނާއިންކަމަށެވެ.

Ad
rt

މިހާތަނަށް ކޮވިޑް-19 އަށް ޝައްކުކުރެވިގެން 1931 ކުދިން ޓެސްޓު ކުރެވިފައިވެއެވެ. އޭގެތެރެއިން 171 ކުއްޖަކުވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

މި ކުދިންގެތެރެއިން އަލާމާތެއްނެތް ކުދިންނަކީ %16 އެވެ. ގިނައީ މަޑުހުމެއް އައިކުދިންނެވެ. 38ޑ އަށް ހުން ގަދަވީ%32 ކުދިންނެވެ. ރޯގާގެ އަސަރު %19 ކުދިންގެ ފަރާތުން ފެނިފައިވާއިރު ކެއްސުން 1/2 ކުދިންގެ ފަރާތުން ފެނިފައިވެއެވެ. ނިއުމޯނިއާ%65 ކުދިންގެ ފަރާތުން ފެނިފައިވާއިރު ކަރުތެރެ ސަކަރާތްވުން 1/2 އެވެ. މީގެ އިތުރުން ވަރުބަލިވުންމާއި ބޭރަށް ހިންގުން މިކުދިންގެ ފަރާތުން ފެނިފައިވެއެވެ. 3 ކުދިންވަނީ އައިސީޔޫއަށް ލެވި ފަރުވާ ދެވިފައެވެ.

ޢަލާމާތެއް ނެތްކުދިން މީ ވަރަށްމުހިންމުބައެއް އެކުދިންގެ ފަރާތުން ޖެހޭމިންވަރު އަދި މުޅިން ދެނެ ގަނެވިފައިނުވިޔަސް، ބަލި ކޮންޓުރޯލްކުރުމުގައި ވަރަށް ބަލަންޖެހޭ ބައެއް މީ

މިތަފާސް ހިސާބުތައް ހިއްސާ ކުރަމުން ޑރ ފައިސަލް ބުނެފައިވެއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވި 171 ކުދިންގެ އުމުރުފުރާއަކީ 1 އަހަރުން ދަށުގެ 31 ކުއްޖަކާއި 1 އަހަރާއި 5 އަހަރާއި ދެމެދުގެ 40 ކުއްޖަކާއި 6 އަހަރަާއި 10 އަހަރާއި ދެމެދުގެ 58 ކުއްޖެއްގެ އިތުރުން 11 އަހަރާއި 15 އަހަރާއި ދެމެދުގެ 42 ކުއްޖެކެވެ.