ރިޒޯޓްތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރަން އެޗްޕީއޭ އިން އަންގައިފިއެވެ.

ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އެޗްޕީއޭއިން ނިންމި އިރު އޭގެ ތެރޭގައި ސެލޫން ތަކުގައި ހިންގާ ސްޕާތައްވެސް ހިމެނެއެވެ.

Ad
rt

އޭގެ އިތުރުން އެޗްޕީއޭއިންވަނީ ‏އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފައެވެ.

މިދެ ނިންމުމަށްވެސް ޢަމަލުކުރަން ފަށަން އެޗްޕީއޭއިން ނިންމާފައިވަނީ މިހިނގާ މާރިޗް މަހުގެ 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ.