ޕެރަޑައިސް އިން ކޮވިޑް-19 ޝައްކުވި އެންމެން ނެގެޓިވްވުމުން އެ ރިސޯޓު ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ ‏ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން ނެގިފައިކަމަށެވެ.

Ad
rt

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މޮނިޓަރިންގ ހާލަތުގައި އޮތީ 2 ރަށްކަމަށާއި، އޭގެ ތެރެއިން ޕެރަޑައިސް އައިލެންޑް ރިސޯޓް މޮނިޓަރ ކުރަމުންދަނީ 8 ދިވެހިންނާއި 2 ބިދޭސީންގެ ގައިގާ ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވޭތީކަމަށެވެ.

އެހެންކަމުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ޝެވަލް ބްލޭންކް އެކަންޏެވެ.