ކ.ހިންމަފުށި މަސްޖިދުލް ޒިކުރާގައި މިއަދު ކުރެވޭ ހުކުރު ނަމާދު ޓީވީ ތަކުން ލައިވް ކުރާ ގޮތައްވަނީ ހަމަޖެހިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. ހުކުރު ކުރައްވާނި އައްޝައިޚް ނަސްރުﷲ ޢަލީ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ކ. ހިއްމަފުށީގައި މިއަދު ކުރެވޭ ހުކުރު ނަމާދު ވަގުތުން ދުރަށް ފޮނުވާނީ ޕީއެސްއެމް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގުޅިގެން ކަމަށެވެ. އަދި ހުކުރު ނަމާދުގެ ގެ ލައިވްފީޑް ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށްވެސް ޕީއެސްއެމުން ދޫކުރާނެއެވެ.

Ad
rt

ކ ހިއްމަފުށީ މަސްޖިދުލް ޒިކުރާގައި މިއަދު އިމާމުވެ ހުކުރު ކުރައްވާނީ އައްޝައިޚް ނަސްރުﷲ ޢަލީއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ ސާފުތާހިރުކަން މި މައުޟޫއެވެ.

ރޭ އެމިނިސްޓްރީއިން ބުނީ ހުކުރު ، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއްކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަަވަޅެއްގެ ގޮތުން މާލެ ސިޓީއާއި، ރިޒޯޓްތަކުގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި މިއަދު ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމަވާފައެވެ. އަދި މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ވަގުތު ވަނުމުން ގޭގައި ހަތަރު ރަކުއަތް ނަމާދު ކުރުމަށް ވަނީ އަންގަވާފައެވެ.