ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު އަނެއްކާވެސް މުރާޖަޢާ ކުރަނީ
މާލެއިން ރަށްރަށަށް މީހުން ފޮނުވުން މިވަގުތަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށާއި ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު އަނެއްކާވެސް މުރާޖަޢާ ކުރަންޖެހިފައިވާކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިރޭ “ރާއްޖެ ޓީވީ”އަށް މިނިސްޓަރު އިމްރާން ދެއްވި އިންޓަވިއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ބަލި ފެތުރުން އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާދީފައިވާތީ ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު އަނެއްކާވެސް މުރާޖަޢާ ކުރަން ޖެހިފައިވާ ކަމަށެވެ. “އިއްޔެ ކު...