ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ތިން ވަނަ މީހަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިމީހާއަކީ ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ މީހެކެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ (ޑީއެޗް 11) ގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އައި އުމުރުން 80 އަހަރުގެ މީހާ ނިޔާވެއްޖެކަމަށް އެ ހޮސްޕިޓަލުން އާއިލާ އަށް މިރޭ އަންގާފައިވާ ކަމަށް އާއިލާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

Ad
rt

ކޮވިޑްގައި ރާއްޖެއިން ފުރަތަމަ ނިޔާވީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭގެ ފަހުން ބިދޭސީއަކުވެސް ވަނީ ނިޔާވެފައެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދިޔަ ހަމީހުންގެ ތެރޭގައި ހިމެނެނީ، ނިޔާވި 80 އަހަރުގެ މިހާގެ އިތުރުން، އުމުރުން 70 އަހަރުގެ މީހަކާއި، 88 އަހަރުގެ މީހަކާއި 80 އަހަކާއި، 58 އަހަރުގެ މީހަކާއި، 48 އަހަރުގެ މީހަކަށެވެ.

ރާއްޖެއިން ކޮވިޑް-19އަށް އިތުރު 6 މީހުން ޕޮޒިޓިވްވެފައިވާކަމަށް މިރޭ އެޗްޕީއޭއިން ވަނީ އިޢުލާން ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ، 2 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ 2 މީހުންނެވެ.

މިއާއެކު ރާޢްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ، 648 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހިގެން 3 މީހުން މަރުވެފައިވާއިރު، މި ބަލިން ރަގަޅުވެފައިވަނީ، 20 މީހުންނެވެ. އަދި 624 މީހުންނަށް ދަނީ މިބަލި ޖެހިގެން ފަރުވާ ދެމުންނެވެ.