އެމްޓީސީސީގައި ވަޒީފާ އަދާކުރާ މުވައްޒަފެއް މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރު އެހީ ވަރަށްވެސް ފުން ހިތާމައާއިއެކު ކަމަށާއި، އެ މުވައްޒަފަށް އަވަސް ޝިފާ އެއް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރާކަމަށް އެމްޓސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސީއީއޯ އާޒިމް ވިދާޅުވީ އެމްޓީސީސީގެ ހުރިހާ ލޮބުވެތި މުވައްޒަފުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިއްބަވައިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ނަމޫނާ ޚިދުމަތަށް ފަށްފަށުން ޝުކުރުއަދާ ކުރަށްވާ ކަމަށެވެ.

Ad
rt

އެމްޓީސީސީން ފޯރު ކޮށްދޭ އާންމު ޚިދުމަތުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ޚާއްސަ އުސޫލުތަކެއް ތަކެއް އެކުލަވާލާފައިވާ ވާހަކަމަށްވެސް ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީއިން ދަނީ މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދެމުންނެވެ. އެމްޓީސީސީގެ ޚިދުމަތް ބޭނުން ކުރާ މީހުންގެ ސަލާމަތަށް ގިނަ މަސައްކަތް ތަކެއް އެކުންފުނިން ކުރަމުންނެވެ.

އެކުންފުނިން ދަނީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ ކުރީސަފުގައިވެސް މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި އެކުންފުނިން ކޯވިޑް-19 ޕޮޒިޓިވް ވެފައިވަނީ ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 618 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިބަލި ޖެހުނު ދެ މީހަކު ރާއްޖޭން ވަނީ މަރުވެފަ އެވެ.