ކޯވިޑް-19: ރާއްޖެއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަށް 51 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި 51 މީހުންގެ ތެރޭގައި ހިމެނީ 12 ދިވެހިންނާއި، 11 ބަންގްލާދޭޝް މީހ...