ރުކަކުން ވެއްޓި މީހަކު މަރުވެއްޖެ
ތ. މަޑިފުށީގައި މީހަކު ރުކަކުން ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ބުނީ ތ. މަޑިފުށީގައި ރުކަށް އަރާ އުޅުނު މީހަކު ރުކުން ވެއްޓިޖެ ކަމަށް މިއަދު 14:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އޭނާ އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް މަޑިފުށީ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ އުމުރަކީ 36 އަހަރު ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިހާދިސާއާއި ގުޅިގެން އިތުރަށް […]