ރާއްޖެއިން ކޯވިޑް-19އަށް އިތުރު 16 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 573 އަށް އިތުރު ވެފައެވެ.
އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 9 ދިވެހިންނާއި، ބަންގްލަދޭޝް 6 މީހުންނާއި އަދި ސްރީލަންކާ މީހެއް ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 205 އެވެ. އަދި މި ބަލި ޖެހުނު ބިދޭސީންގެ އަދަދަކީ 368 އެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް އޮތް ދެހަފްތާއަކީ ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!