މެލޭޝިއާގެ ވިޔަފާރި ވެރިއެއް ކަމަށްވާ، ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަޗޮކް ރާއްޖެއަށް 60،000 ފޭސް މާސްކު ހަދިޔާކުރައްވައިފި އެވެ.

މެލޭޝިޔާގެ ވިޔަފާރި ވެެރިޔާ ރާއްޖެއަށް ހަދިޔާކުރެއްވި މާސްކުތައް ސަރުކާރާ ހަވާލުކޮށްދެއްވީ، އެ ވިޔަފާރި ވެރިޔާއާއި ގާތް ގުޅުމެއް އޮންނަ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.

Ad
rt

ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަން އެވެ.

ލިންބެގް ހޯލްޑިންގެ ފައުންޑަރު ޑާޓަކް ވިރާ ލިންގް ކާ ޗޮކް އަކީ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުވެސް މެއެވެ. ގްރޭންޑާ އިންޓަނޭޝަނަލް އަކީ ރާއްޖޭގައި އޮޕަރޭޓުކުރާ ހޮލިޑޭ ޑިވެލޮޕްމެންޓް ކުންފުންޏެކެވެ. މެންބަރު ނާޒިމް އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

މިކަމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ނާޒިމް ކުރަށްވާފައިވާ ޓުވީޓެއްގައި ވަނީ ކޯވިޑް-19 ހާލަތުގައި ސަރުކާރުން ކުރަމުންދާ މަސައްކަތައް ޕްރިވެޓް ސެކްޓަރގެ އެހީތެރިކަން ބޭނުންވާ ކަން ފާހަގަ ކުރަށްވައިފައެވެ.

މެލޭޝިއާގެ ވިޔަފާރިވެރިޔާގެ މި އެހީތެރިކަމަށް ފޮރިން މިނިސްޓަރު ޝާހިދުވެސް ވަނީ ޝުކުރު އަދާކުރަށްވާ ޓުވީޓެއް ކުރަށްވާފައިއެވެ.

ރާއްޖެއަށް މިއެހީ ފޯރުކޮށް ދެއްވި ވިޔަފާރި ވެރިޔާ ލިންގް ކާ ވަނީ ރާއްޖޭގައި ކޯވިޑް-19 އާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކާއި އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށް ތައުރީފު ކުރައްވައިފައެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގްތިސޯދު ކޮޅަށްޖެހުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.