ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި ށ. ފުނަދޫ ފަޅު ތެރޭގައި އަޅާފައި އޮތް ޑިންގީ އެއްގައި ހުއްދަނެތި ފުރި ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުން ބުނެފިއެވެ.

ފުލުހުން މިއަަދު ބުނީ ށ. ފުނަދޫ ފަަޅުތެރޭގައި އޮތް ޑިންގީއެއްގައި ބަޔަކު ހުއްދަ ނުހޯދައި ފުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.

Ad
rt

ހުއްދަ ނެތި އެ ޑިންގީގައި ފުރި މީހުން އެ އަތޮޅު ޅައިމަގާ ހަމައަށް ގޮސްފައިވާ ކަމަށާއި، ނަމަވެސް އެ މީހުންނަށް ޅައިމަގަށް ގާތް ކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި ޑިންގީ ފެނިފައި ވަނީ ފުނަދޫ އެއަރޕޯޓްގެ އުތުރު ފަޅު ތެރެއިން ރޭ މެންދަމު 00:45 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ހާމަ ކުރަށްވާފައެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.