ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެ ތެރެއިން ސަރުކާރާއި، ސަރުކާރުގެ ކުންފުނި ތަކުގެ އިސްވެރިންގެ މުސާރަތަކަށް ބަދަލުގެނެސްފައި ވާކަމަށް ފިނޭސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ ކުރިން 20 ޕަސެންޓް ކުޑަ ކުރަން ނިންމި ނަމަވެސް މި އަދަދު ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެހެންނަމަވެސް 20،000 ރުފިޔާއަށް ވުރެ ދަށްކޮށް މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަވާނެކަމަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ އެންމެ އިސްކޮށް ތިއްބެވި މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު، 20،000-25،000ރ. އާ ދެމެދު މުސާރައިން 25 ޕަސެންޓް، 25،000-60،000ރ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،000ރ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކެނޑުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދައުލަތުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ. 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކުގެ ބޭސިކް މުސާރައިން 20 ޕަސެންޓު އުނިކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ކެޓަގަރީގައި ހިމެނޭނީ މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ އިންނާއި ކޮންސަލްޓެންޓުން އަދި ބައެއް ކޮންޓްރެކްޓް މުވައްޒަފުން އަދި ކޮމިޝަންތަކުގެ އިސް މަގަމުތަކުގައި ތިބޭ ފަރާތްތައް ކަމަށެވެ.

ކުންފުނިތަކުގެ އިސްވެރިންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކުންފުނިތަކުގެ އެމްޑީ ޑީއެމްޑީ ފެންވަރުގެ ބޭފުޅުން މުސާރައިން 32 އިންސައްތަ ކުޑަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. މި ގޮތުން މުސާރައިން 22 އިންސައްތަ އަދި ބޯޑު އެލަވަނަސްގެ ގޮތުގައި ދެމުން އަންނަ 11000 ރުފިޔާވެސް މި ވަގުތު ކަނޑާލާފައިވާކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ތެރެއިން މުސާރަ 10000 ވުރެ ދަށް މުވައްޒަފަކަށް މި ހާލަތުގައި އެލަވަންސްތަކާއި އެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާކަމަށެވެ.

"އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ހަމައެކަނި ސަރުކާރަށް އެކަންޏެއް ނޫންކަން މި ގެއްލުން ލިބެނީ. ދައުލަތުގެ އެކި ކުންފުނިތަކަށް ވެސް އެބަ ވަރަށް ބޮޑެތި ގެއްލުންތައްވޭ. އެހެންވެ ފިނޭންސުން އޮންނާނީ ހުރިހާ ކުންފުނިތަކަކަށް ވެސް އަންގާފައި ކިހާ ވަރެއްގެ މުސާރަތަކަކަށް ހަދައިގެންތޯ އެތަންތަން ހިންގޭނީ އަންގައިދިނުމަށް." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވަޒުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ކުނފުނިތަކުން މި ނިންމުން ނިންމާނީ އެތަންތަނުގެ މުވައްޒަފުންނާއި ވާހަކަދެކެވިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.