އިސްސަފުގައި މަސައްކަތްކުރާ 199 މީހަކު ވަނީ ޕޮޒިޓިވް ވެފައި: ޑރ. އަފްޒަލް
ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެގޮ...