ޗައިނާގެ ސީމެކް ކުންފުނިން ރާއްޖެއަށް އެހީތެރިކަން ދީފި
ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެކުންފުނިން ވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) އާއި އިތުރުން ފޭސް މާސްކާއި ގޮގުލްސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޢަބުދު ﷲ ޝާހިދެވެ. މިތަކެތި ހަވާލުކޮށްދެއ...