ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 11 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1031 އަށް އިތުރު ވެފައެވެ.

Ad
rt

އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 8 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުން ކަމަށެވެ. މީގެ ކުރިން މިއަދު 38 މީހަކު ޕޮޒިޓިވިި އެވެ. އެފަހަރު ޕޮޒިޓިވް ވީ 29 ދިވެހިންނާއި، ބަންގްލަދޭޝް 8 މީހުންނާއި އަދި ނޭޕާލު މީހެކެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 49 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް މި ފެށުނު ހަފްތާއިން ފެށިގެން ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.