ރާއްޖެއިން ކޯވިޑް-19އަށް އިތުރު 38 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1020 އަށް އިތުރު ވެފައެވެ.

Ad
rt

އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 29 ދިވެހިންނާއި، ބަންގްލަދޭޝް 8 މީހުންނާއި އަދި ނޭޕާލު މީހެއް ކަމަށެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 40 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް މި ފެށުނު ހަފްތާއިން ފެށިގެން ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.