މިދުވަސްވަރަކީ މޫސުން ގޯސްދުވަސް ވަރަކަށް ވުމާއިއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އިލްތިމާސްކުރަށް ވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެންމެއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާކަން ފާހަގަކުރާ ކަމަށެވެ.

Ad
rt

އެހެންކަމުން ކަނޑުދަތުރު ކުރައްވާ އުޅަނދުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށް އިލްތިމާސް ކުރާ ކަމަށް އެންމެއެންޑީއެފުން ބުންޏެވެ.

ދަތުރުކުރަށްވާ އުނޅަދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުމަށް ހުއްދަ އޮތް މިނަވަރަށް ވުރެއް ގިނައިން މީހުން ނޫފުލުމާއި، އުނޅަދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށްވެސް އެންމެއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައިއެވެ.

ޚާއްސަ ކޮށް ކުދި އަނގަމަތި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރު ކުރައްވާ އިރު ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރާ ކަމަށާއި، ކަނޑު މަތީ ގައި އެއްވެސް ހާދިސާއެއް ހިނގާފިނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެދޭ ކަމަށްވެސް އެންމެއެންޑީއެފުން ވަނީ ބުނެފައެވެ.