ކ. ކާށިދޫން މާލެ އަށް ދަތުރުކުރި "މިންވަރު ދޯނި " އިންޖީނު ހުއްޓި، މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ 4 މީހުނާއިއެކު ކ. ކާށިދޫ އިން މާލެއަށް ދަތުރުކުރި " މިންވަރު" ނަމަކަށް ކިޔާ ދޯނި އިންޖީނު ހުއްޓިގެން މާލެސިޓީ ވެސްޓު ޕާކު ސަރަހައްދުގެ ތޮށި ގަނޑަށް އަރާފައިވާ ކަމުގެ ރިޕޯޓް މިއަދު 13:00 ހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓު ގާޑުން އެހީތެރިކަން ފޯރުކޮށް ދޭން ފަށާފައި ވާކަމަށެވެ.

Ad
rt

އެ ދޯނީގައި ތިބި ހަތަރު މީހުންވެސް ސަލާމަތުން މިހާރު ވަނީ އެއްގަމަށް އަރާފައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ދޯނީގައި ހުރީ ކާށިދޫން މާލެ ގެނައި ތަކެތި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މޭވާ އާއި ކެއުމަށް ބޭނުކުރާ ބައެއް ބާވަތްތައް ދޯނިން ކަނޑަށް ދޫވެފައިވާ މަންޒަރު ބައެއް ފޮޓޯތަކުން ފެނެ އެވެ.

މިދޯނިން ގެނައި ގިނަ އަދަދެއްގެ ތަކެތި އެ ސަރަޙައްދުން އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރަށްވައެވެ.