ވިޔަފާރި ކުރާ ތަންތަނުން ރޭގަނޑު ކުނި ނަގާ ވަގުތު 9:30 އަށް އަވަސްކޮށްފި
ވިޔަފާރި ކުރާ ތަންތަނުން ރޭގަނޑު ކުނި ނަގާ ވަގުތު އަވަސް ކުރަން ވޭސްްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފި އެވެ. ވެމްކޯ އިން މިހާރު ވިޔަފާރި ކުރާ ތަންތަނުގެ ކުނި ނެގުމުގެ މަސައްކަތް ރޭގަނޑު 11:00 އާ ހަމަޔަށް ކުރެ އެވެ. އެހެން ނަމަވެސް އެ ކުންފުނިން މިއަދު ނެރެނު ބަޔާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާރު ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކަށް ބެލުމަށް ފަހު އެ ގަޑިތައް ބަދަލު ކުރަން ނިންމާފައިވާ […]