ރަޝިޔާގެ ސްޓޭޓް ޔުނިވަރސިޓީއެއްކަމުގައިވާ ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީއިން އެވިޑް ކޮލެޖާއިއެކު ޕާރޓްނަރޝިޕް އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެވިޑް ކޮލެޖްގެ ބިޒްނަސް ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރަޝީދު ވިދާޅުވިގޮތުގައި މި.އެމް.އޯ.ޔޫގައި ސޮއިކުރެވުމާއެކު ގިނަކަންތައްތަކެއް ދެފަރާތްގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

Ad
rt

އެގޮތުން ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީގެ ޑިގްރީ އަދި މާސްޓަރސް ޕްރޮގްރާމްތައް އެވިޑް ކޮލެޖުން ހިންގުމާއި، ދެފަރާތުގެ ދަރިވަރުންނާއި ސްޓާފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި، ދެފަރާތް ގުޅިގެން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދިރާސާކުރުމާއި، ޝާއިރުކުރުމާއި، ސެމިނަރ، ކޮންފަރެންސް ބޭއްވުމާއި އަދި އީޖާދީ ޕްރޮޖެކްޓްތައް ހިންގުމަށް ރޭވިފައިވެއެވެ.

މީގެ އިތުރުން ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީގެ ފުރިހަމަ އެހީތެރިކަމާއެކު އެވިޑްކޮލެޖުގައި އިންޖިނިއަރިންގ ފެކަލްޓީއެއް ގާއިމުކުރެވިގެން ދާނެއެވެ. ބެލްގޮރޯޑް ސްޓޭޓް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީއަކީ ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ދާއިރާއިން ރަޝިޔާއިން އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވަރސިޓީއެވެ. އެޔުނިވަރސިޓީގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ވަސީލަތްތަކުގެ އެހީގައި ރާއްޖޭގައި ސިވިލް އިންޖިނިއަރިންގ އަދި އާކިޓެކްޗަރ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މިޔުނިވަރސިޓީގެ އެހީތެރިކަމާއެކު ގދ. ތިނަދޫގައި އެވިޑްކޮލެޖުގެ އިންޖިނިއަރިންގ ދާއިރާއަށް ޙާއްޞަ ކެމްޕަސްއެއް އިމާރާތްކުރުމަށް ރޭވިފައިވޭ

އެވިޑް ކޮލެޖުން މަޢުލޫމާތުދެމުން ބުނެފައިވެއެވެ.

މި އެމް.އޯ.ޔޫގައި ސޮއިކުރެވުނީ އޮންލައިކޮށް ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ބެލްގޮރޯޑް ޔުނިވަރސިޓީގެ އިސްވެރިންނާއި އެވިޑް ކޮލެޖްގެ އިސްވެރިން ބައިވެރިވެލެއްވެވިއެވެ. އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވީ މިކަމަކީ އެވިޑް ކޮލެޖްގެ ތާރީޚްގައި ލިޔެވުނު އާސަފްހާއެއްކަމުގައެވެ. އެހެންކަމުން އެވިޑް ކޮލެޖް އިތުރަށް ތަރައްޤީވުމާއެކު މިކަމުގެ ސަބަބުން ދިވެހިދަރީންނަށް ފައިދާކުރަނިވި އިތުރު ފުރުޞަތުތަކެއްވެސް ހުޅުވިގެންދާނެއެވެ.

އެވިޑް ކޮލެޖުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދުއެވެ. ބެލްގޮރޯޑް ސްޓޭޓް ޔުނިވަރސިޓީއިން ސޮއިކުރެއްވީ ޗާންސެލަރ/ރެކްޓަރ ޕްރޮފެސަރ ސާޖޭ ނިކޮލަވިޗް ގްލެގޮލޭ އެވެ.

އެވިޑް ކޮލެޖަކީ މިހާރުވެސް ދިވެހިރާއްޖޭގައި މަތީތަޢުލީމު އަތްފޯރާފަދަ އަގެއްގައި ފޯރުކޮށްދެމުންގެންދާ އަމިއްލަ އެންމެބޮޑު އެއްކޮލެޖެވެ. އެވިޑް ކޮލެޖްގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ތަފާތު ކޯސްތަކުގައި ކިޔަވަމުންގެންދެއެވެ.