ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އޭގެން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަމުންދަނިކޮން އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން އެމީހާ ހޯދުމަށްކުރި މަސައްކަތުން އެމީހާ ފެނިފައިވަނީ 48 މީޓަރުގެ އަޑިން ކަމަށެވެ. އެމީހާ މިހާރު ލ ގަން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.

Ad
rt

މީގެ ކުރިން އެމްއެންޑީއެފްއިން ބުނެފައިވަނީ އެދޯނިން 10 މީހުން ދަތުރުކުރިކަމަށާއި ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއްކަމަށެވެ. އެމީހާގެ ގައުމެއް ހާމައެއްނުކުރެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވެ އަޑިއަށް ގޮސްފައިވަނީ އެޕޯލޯ ކުންފުނީގެ ދޯންޏެކެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައި ވަނީ ވިންދު ނަމަކަށް ކިޔާ ކާގޯ ދޯންޏެއްގައިކަމަށާއި ދޯނީގައި ތިބީ ދިވެއްސަކާއި 9 ބިދޭސިން ކަމަށެވެ.

ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.