ވައްކަން ކުރާލެއް ގިނަކަމުން އެހީގެ ބަރަކާތް ވަނީ ކެނޑިފައިކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ.
ޖަޕާނުން އަނެއްކާވެސް ބޮޑު އެހީއެއް ރާއްޖެއަށް ވެދެއްވިކަމުގެ ޚަބަރެއް ހިއްސާކުރައްވާ މިރޭކުރެއްވި ޓުވީޓެއްގައި އަރީފް ބުނެފައިވަނީ ކިތައްމެ ގިނަ އެއްޗެއް ދިނަސް މިރާއްޖެ އަކަށް ދެކޮޅެއް ނުޖެހޭނެކަމަށާއި ވައްކަން ކުރާލެއް ގިނަކަމުން ތިޔަދޭ އެއްޗެހީގެ ބަރަކާތް ވަނީ ކެނޑިފައިކަމަށެވެ.
ހުސައިން އަރީފް މިމޭރުމުން ވިދާޅުވެފައިމިވަނީ އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ފެންމަތިވެފައިވާ ދުވަސްވަރެއްގަ އެވެ.
ދިވެހި ތާރީޚުގައި ހިނގި އެންމެ ނުބައި ނުލަފާ ޚިޔާނާތަކީ، ކޮވިޑް 19 ޚިޔާނާތް.
އިތުރު ޓުވީޓެއްގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފަ ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި އޮޅުވާލުންތަކާއި ވައްކަން ހިމެނޭ ކަމަށެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއޯއީސީ)ގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ދިވެހި ތާރީޚުގައި ހިނގި އެންމެ ނުބައި ނުލަފާ ޚިޔާނާތަކީ، ކޮވިޑް 19 ޚިޔާނާތް.
— Hussain Areef (@husainaryf) August 17, 2020
އޭގެ އިތުރުން އެކުންފުނި މެދުވެރިކޮށް ލިބުނު ވެންޓިލޭޓަރު ތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން އޮޓިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފްއަކީ މިސަރުކާރު ގެނައުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރެއްވި ފަރާތެކެވެ. އަދި ކުރީ ސަރުކާރުގައި ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތްކޮށް ސަރުކާރު ބަދަލުކުރުމުގައި އިސްދަޢުރެއް އަދާކުރެއްވެވި ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!