ރާއްޖެއިން ބޭރުން ބޭސް ގެނަން އެދިލައްވާއިރު ހަމަ ކުރަންޖެހޭ ލިޔެކިއުންތައް ހަމަކުރެއްވުމަށްފަހު ހުށައެޅުމަށް އެސްޓީއޯ މެޑިކަލް ސާވިސް އިން އެދިއްޖެއެވެ.

އެސްޓީއޯ މެޑިކަލް ސާވިސްއިން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ މިލިޔުންތަކަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ކޮންމެހެން ހުށައަޅަންޖެހޭ ލިޔެކިއުންތަކެއްކަމަށެވެ.

Ad
rt

އެގޮތުން ހުށައަޅަންޖެހޭ ލިޔެކިއުންތަކަކީ:

1. ބޭސް ސިޓީ ލިޔުނު ތާރީޚުން ފެށިގެން 2 މަސްދުވަސް ނުވާ ބޭސް ސިޓީއެއް

2. ބަލިމީހާގެ އައި ބަލިމީހާގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއެއް

3. 3 މަސް ދުވަހަށް ވުރެ ގިނަ ދުވަހައް ބޭސް ލިޔެފައިވާނަމަ ބަލިމީހާގެ މެޑިކަލް ރިކޯޑްސް ބޭނުންވާނެ

އެސްޓީއޯ މެޑިކަލް ސާރވިސް މެދުވެރިކޮށް ޖޫން މަހުގެ 3 ވަނަ ދުވަހާއިހަމައަށް ރާއްޖެއިން ބޭރުން 2507 ބޭސްސިޓީއަކަށް ބޭސް ގެނެސްދީފައިވާކަމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރ، އިން މީގެކުރިންވަނީ ބުނެފައެވެ.

ކޯވިޑް-19 ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ބޭރުގެ ފްލައިޓްތަކާއި، ފޯސްޓް ފަދަ ހިދުމަތްތައް ހުއްޓާލުމާއިއެކު ރާއްޖެއިން ނުލިބޭ ބޭސް ގެނައުމަށް އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯ މެޑިކަލްސްއިން ދަނީ ބޭރުން ބޭސް ގެނެސްދިނުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބޭރުން ބޭސް ގެނެސްދިނުމުގައި އެސްޓީއޯއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިކަމަށް އެދޭއިރު ޤަވައިދުތަކާ ހިލާފަށް އެދިފައި ހުރުން، މިގޮތުން ޤަވައިދާ ހިލާފަށް އެދޭ ބޭސްތައް ބޭރުން ނުގެނެސްދެވޭނެކަން ބޭސް ގެންނަން އެދޭ ފަރާތްތަކަށް އަންގާފައިވާކަމަށް އެސްޓީއޯއިން ބުނޭ

އެސްޓީއޯއާއި ހަވާލާދީ ޖޫން މަހުގެ 3 ވަނަދުވަހު މަބްރޫކް ވިދާޅުވެފައިވެއެވެ.

މިހިދުމަތް އެސްޓީއޯ އޮންލައިން ޕޯޓަލް https://www.sto.mv/Online/Prescriptions މެދުވެރިކޮށް ދަނީ ދެމުންނެވެ. ނަމަވެސް މިހިދުމަތައް އެދޭއިރު، މިކަމަށް ބޭނުންވާ ލިޔެކިއުމާއި، ފޯމް ފުރުމުގައި ސަމާލުވުމަށް އެސްޓީއޯއިން ދަނީ ތަކުރާރުކޮށް ހަދުމަކޮށްދެމުންނެވެ.