ވިޔަފާރި ކުރާ ތަންތަނުން ރޭގަނޑު ކުނި ނަގާ ވަގުތު އަވަސް ކުރަން ވޭސްްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފި އެވެ.
ވެމްކޯ އިން މިހާރު ވިޔަފާރި ކުރާ ތަންތަނުގެ ކުނި ނެގުމުގެ މަސައްކަތް ރޭގަނޑު 11:00 އާ ހަމަޔަށް ކުރެ އެވެ.
އެހެން ނަމަވެސް އެ ކުންފުނިން މިއަދު ނެރެނު ބަޔާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާރު ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކަށް ބެލުމަށް ފަހު އެ ގަޑިތައް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހުން ފެށިގެންރޭގަނޑު 7:00 އާއި 9:30 އާ ދެމެދުގެ ވަގުތުގައި ކަމަށް ވެމްކޯ އިން ބުންޏެވެ.
އެ ވަގުތު ފަސޭހައިން ކުނި ނެގޭނެ ގޮތް ހަމަޖައްސައި ރައްކާތެރިކަމާ އެކު ކުނި ބަންދުކޮށްފައި ބަހައްޓަން ވެމްކޯ އިން ވަނީ އެދިފަ އެވެ.
ވެމްކޯ އިން ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނީ ދުވާލުގަ އެވެ. އެ ކުންފުނިން މީގެ ކުރިން އެ ކުންފުނީގެ މުއައްޒަފުން ދަންވަރުގެ ވަގުތުގައި ވެސް ހިދުމަތް ދެ އެވެ.
ކޯވިޑް-19 އާ ގުޅިގެން ވެމްކޯ އިން ވަނީ އެތަނުގެ ގިނަ ހިދުމަތްތަކަކަށް ބަދަލު ގެނެސްފަ އެވެ. މީގެ ކުރިން ދަންވަރު ވެސް އެ ކޯޕަރޭޝަންގެ ހިދުމަތްތައް ދެ އެވެ. ނަމަވެސް މިހާރު ހިދުމަތް ދެމުން އަންނަނީ ރޭގަނޑު 11:00 އާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!