ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންދާ ބައެއް ޚިދުމަތް ތަކަށް މިރޭ ބުރޫ އަރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މި ގޮތުން މިރޭ 1:00 އިން ފަތިހު 4:00 އަށް އެ ބޭންކުން ދޭ ވަރަށް މުހިންމު ޚިދުމަތް ތަކަކަށް ބުރޫ އަރާ ފާނެ ކަމަށް އެ ބޭނުންކުން ވަނީ ބުނެފައެވެ.

Ad
rt

އެ ޚިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތާއި، އޭޓީއެމް ތަކުގެ ޚިދުމަތާއި، ޕީއޯއެސް މެޝިންތަކުގެ ޚިދުމަތް، ހިމެނެއެވެ.

މީގެ އިތުރުން އެ ބޭންކުގެ ޕޭމަންޓް ގޭޓުވޭގެ ޚިދުމަތަށާއި އަދި ޔޫއެސް ޑޮލަރު ޕޯޓަލް ޚިދުމަތަށް ބުރޫ އެރުން އެކަށީގެން ވާކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

މި ޚިދުމަތްތައް މެދު ކެނޑުމުން ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުން ކިބައިން މަޢާފަށް އެދޭ ކަމަށް އެބޭންކުން ބުނެފައިވެއެވެ.