ހދ. ކުރިނބީއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕޮޒިޓިވްވެފައިވަނީ 42 އަހަރުގެ ފިރިހެނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް ވިދާޅުވީ އެމީހާ އަކީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށެވެ. އެމީހާގެ ޕޮޒިޓިވް ނަތީޖާ ލިބުނީ ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ހެދުމުންކަމަށް އަފްރާހް ވިދާޅުވިއެވެ.
އަފްރާހް އިތުރަށް ވިދާޅުވީ އެމީހާ އަކީ ކުރިނބީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށެވެ. މިއީ ކުރިނބީއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ކުރިނބީން ޕޮޒިޓިވް މީހަކު ފެނުނުނަމަވެސް އަދި އެރަށް މޮނިޓަރިންއަށް ނުވަތަ އަރާފޭބުން މަނާކުރިކަން އެޗްއީއޯސީން ހާމަކޮށްފައި ނުވެއެވެ.
ރާއްޖެއިން މިހާތަނަށް 5,572 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު، 3,010 މީހުން ރަނގަޅުވެ 22 މީހުންވަނީ މިބަލީގައި ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!