އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު ޕޮޒިޓިވް ވެެއްޖެ
ހއ. އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު މިރޭ ޕޮޒިޓިވްވެ އެރަށުން މިބަލި ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ހެލްތުސެންޓަރ އިން މަޢުލޫމާތުދޭގޮތުގައި މިދިޔަ އަންގާރަދުވަހު އެރަށުން ނެގިފައިވާ 41 ސާންޕަލްއެއްގެ ތެރެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 2 މީހުންކަމަށާއި ނަތީޖާ ނުލިބޭ 24 ސާންޕަލްއެއް އެބަހުރިކަމަށެވެ. އަދި15 ސާންޕަލްއެއް ނެގެޓިވްވެފައިވާކަމަށް އެސެންޓަރުން މަޢުލޫމާތު ދެއެވެ. ޕޮޒިޓިވްވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ....