"ނެއްލައިދޫ ތަރައްޤީ ޕްލޭން 2021-2031" އެކުލަވައިލުމަށް ބާއްވާ ބައްދަލްވުންތަކަށް ހާޟިރުވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
ނެއްލައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި ބައްދަލްވުންތަކަށް ހާޟިރުވުމާއި، ބައިވެރިވުން އިތުރު ކުރުމަށްޓަކައި، މި ބައްދަލްވުންތަކަށް ހާޟިރުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނެގޭ 15 ފަރާތަކަށް ހަދިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
ނެއްލައިދޫ ކައުންސިލުން ބުނި ގޮތުގައި ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީީ ތަރައްޤީ ޕްލޭން އެކުލަވައިލުމަށް ބާއްވާ ބައްދަލްވުންތަކުގައި ޤަވާޢިދުން ބައިވެރިވުމުންނެވެ. އަދި ގުރުއަތުލުން އޮންނާނީ އެންމެ ފަހު ބައްދަލްވުމަށްފަހުގައި ކަމަށް ވެސް އެ ކައުންސިލުން ހާމަކުރިއެވެ.
ގުރުއަތުން ނެގޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ :
- ތެލި ސެޓް
- ބޮއިލަރު
- މިކްސަރު
- އެއާފްރަޔާ
- ރައިސްކުކަރު
މީގެ އިތުރުން ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި 15 ބައިވެރިންގެ މެދުގައި އިނާމް ހޮވުމަށް ހަމަޖެހިފައިވަނީ އިންސާފްވެރިކަމާއެކު، ޑިޖިޓަލް ރޭންޑަމް ސިސްޓަމަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!