ށ. ފޭދޫ ކައުންސިލުން، އެ ރަށުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭއްވި "މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެ ކައުންސިލުން ބުނާ ގޮތުގައި މިއީ މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އަދި ޕްރޮގްރާމްގެ ސެޝަންތައް ވެސް ނަންގަވައިދެއްވާފައިވަނީ މިނިސްޓްރީގެ މުދައްރިބުންނެވެ.

Ad
rt

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ޚާއްސަކޮށް ގެން ކުރިޔަށް ގެންދެވުނު ސެޝަންގައި އަލިއަޅުވާލައިފައިވަނީ އިޙްސާސްތައް މެނޭޖް ކުރާނެ ގޮތާއި، ޙައްޤުތަކާއި، ޤަވާޢިދުތަކުގެ އިތުރުން ޙަޤީޤީ އަސަރުތަކުގެ މައްޗަށެވެ.

މީގެ އިތުރުން ބެލެނިވެރިންގެ ސެޝަންގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ރޯލާއި ޒިންމާގެ އިތުރުން، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭގޮތުން މި ޕްރޮގްރާމްގައި ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ފޭދޫ ކައުންސިލްގެ " ށ.ފޭދޫ ކައުންސިލް ޤުރުއާން މުބާރާތް" 27 އޯގަސްޓް 2026 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން އިޢުލާނުކޮއްފައިވެއެވެ.