ހއ. މާރަންދޫ ކައުންސިލްގެ "ކައުންސިލްކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް 2026 " ގައި ބައިވެރިވުމުގެ ފުރުޞަތު މި ހާރު ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެއެވެ.

މި މުބާރާތް އަމާޒުކޮއްފައިވަނީ އެ ރަށުގެ ނުވަ އަހަރާއި 15 އަހަރާ ދެމެދު ( ނުވަ އަހަރު ފުރި 14 އަހަރު ނުފުރޭ ) ދެ ޖިންސްގެ ކުދިންނަށް ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

Ad
rt

މާރަންދޫ ކައުންސިލުން ބުނި ގޮތުގައި ފިރިހެން ކުދިންނަށް ފުޓްބޯލް އަދި އަންހެން ކުދިންނަށް ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމްތަކަށް ކުދިން ނެގުމަށް ކަނޑައަޅާފައިވަނީ މި މުބާރާތުގައި ބައިވެރިވާ ކުދިން ޓީމްތަކަށް ބަހާލައިގެންނެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން 26 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ އިޢުލާނުގައިވާ ލިންކް ފުރިހަމަކޮށް، ރަޖިސްޓްރީވުމަށް އެ ކައުންސިލުން އެދިފައިވެއެވެ. އަދި މުބާރާތް އޮންނާނީ 20 ސެޕްޓެމްބަރ 2026 ގައި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ފުޓްބޯޅަ ރަޖިސްޓްރޭޝަން ފޯމް ލިންކް

ނެޓްބޯލް ރަޖިސްޓްރޭޝަން ފޯމް ލިންކް