ހއ. ފިއްލަދޫގެ "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަދަޙަ މުބާރާތް 2026"ގައި ބައިވެރިވުމަށް، ފުރުޞަތު ހުޅުވާލައިފިއެވެ.
ފިއްލަދޫ ކައުންސިލްއިން ހާމަކުރާ ގޮތުގައި އަންހެނުންގެ ކޮމިޓީން އިންތިޒާމްކުރާ މި މުބާރާތް އަމާޒުކޮއްފައިވަނީ، އެ ރަށުގެ 13 އަހަރުންމަތީގެ ހުރިހާ ރައްޔިތުންނަށެވެ. ފިއްލަދޫގެ ރައްވެއްސަކަށްވުން ނުވަތަ އެ ރަށުގައި ދިރިއުޅޭމީހަކަށް ވުމުގެ އިތުރުން، 13 އަހަރުންމަތީގެ ދިވެހި ރައްޔިތަކަށްވުމީ މި މުބާރާތުގެ މައިގަނޑު ތިން ޝަރުުޠެވެ.
މި މުބާރާތުގެ މަަޤްޞަދަކީ މުޖްތަމަޢުގައި ދީނީ ރޫޙު އާލާކޮށް ލޯބި ޖެއްސުމާއި، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް މަގުފަހި ކުރުމުގެ އިތުރުން، ރީތިކޮށް މަދަހަކިޔާ، އުފެއްދުންތެރި ޖީލެއް ބިނާކުރުންކަމުގައި، ފިއްލަދޫ ކައުންސިލުން އާންމުކޮއްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި މުބާރާތް އަމާޒުކޮއްފައިވަނީ ދެ އުމުރުފުރާއަކަށެވެ.އެއީ 13 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާއާއި، 18 އަހަރުން މަތީގެ އުމުރުފުރާގެ ވަކިވަކި މަދަހައިގެ ބައެވެ. އޭގެއިތުރުން ހަމަ މި އުމުރުފުރާތަކުގެ ގުރޫޕް މަދަހައިގެ ބައިވެސް މި މުބާރާތުގައި ހިމަނާފައިވެއެވެ. އަދި މި މުބާރާތުގައި ވަނަވަނައަށް ދާ ބައިވެރިންނަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވެއެވެ.
އެ ގޮތުން:
ވަނަވަނައަށްދާ ކޮންމެ އުމުރު ފުރާއަކުން:
ވަކިވަކި މަދަހައިގެ ދެ އުމުރުފުރާއިން:
1 ވަނަ އަށް (2000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
2 ވަނަ އަށް (1،500ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
3 ވަނަ އަށް (1000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
ގަދަ 5 އަށް ޓްރޮފީ އަދި ހަނދާނީ ލިޔުން.
ގުރޫޕް މަދަހައިގެ ދެ އުމުރުފުރާއިން
1 ވަނަ އަށް (4000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
2 ވަނަ އަށް (3000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
3 ވަނަ އަށް (2000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
މުޅި މުބާރާތުން
1 ވަނަ އަށް (4000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
2 ވަނަ އަށް (3000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
3 ވަނަ އަށް (2000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން)
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2026 އިން 26 ސެޕްޓެމްބަރ 2024އަށް ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ހޯލްގައިކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފިއްލަދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެކަމަށާއި، ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 23 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 14:00 ކަމުގައިކަމަށް އެ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް ކޮމިޓީގެ ރައީސާ ޙައްވާ ޒަހީރާ 7882488 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ވެސް އެ ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!