މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮތް ހަނި ގޯޅީގައި ހުރި މ. ދޫގަސްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން މިއަދު ހެނދުނު 6:30 ކަންހާއިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ މޯލްޑިވްސްއިން އެ ތަނުގައި ހަރަކާތްތެރިވި ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.
އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެ އޮތޯރިޓީން ހާމަ ކޮއްފައިވެއެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ހާދިސާ ހިނގީ ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައިގެން ކަމަށެވެ. އެ ގޭގައި ގޭސްފުޅި ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ 5:27 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުންނެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!