ފީވަކުގައި މިސްކިތެއް އެޅުމަށް ސައިޓް ހަވާލުކޮށްފި
ށ.ފީވަކުގައި މިސްކިތެއް އިމާރާތް ކުރުމަށްޓަކައި، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ، ސައިޓް ޙަވާލް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮއްފިއެވެ. އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް އެޅުމުގެ އެއްބަސްވުމުގައި، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އަޝްރަފް ޢަލީއެވެ. އަދި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް، ޢަލީ ރަޝީދު ޙަސަން ސޮއި ކުރެއްވި އިރު، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މަރްޔަމް [...