އިބްތިދާއީ ޞިއްޙީ ފަރުވާގެ ނިޒާމް އަލުން އާލާކޮށް ދިރުވުމުގެ ހަރަކާތެއް މިއަދު ހއ. ހޯރަފުށީގައި ފަށައިފިއެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުން ބުނީ އިބްތިދާއީ ޞިއްޙީ ފަރުވާގެ ނިޒާމް އަލުން އާލާކޮށް ދިރުވުމުގެ ހަރަކާތެއް މިއަދުން ފެށިގެން އެ ރަށުގައި ކުރިއަށް ގެންދާނެކަމަށެވެ.

Ad
rt

މި ހަރަކާތުގެ ދަށުން ރަށުގައި ދިރިއުޅޭ އާބާދީގެ 18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންގެ ޞިއްޙީ މައުލޫމާތު އެއްކުރުމުގެ ގޮތުން އެ މަރުކަޒުގެ ޓީމުތައް ރަށުގެ ގޭގެއަށް ޒިޔާރަތްކުރަމުން ގެންދާނެކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.

އެ މަރުކަޒުން މަޢުލޫމާތު ދޭ ގޮތުގައި، މި ޕުރޮގްރާމްގައި 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތު އެއްކުރާނެއެވެ. އަދި 35 އަހަރުން މަތީގެ ފަރާތްތަކުގެ ލެބޯޓަރީ ޓެސްޓްތައް ވެސް ހަދާނެއެވެ.

އެހެންވެ، މި ހަރަކާތުގައި އެ މަރުކަޒުގެ ފަރާތުން ޒިޔާރަތްކުރާ ޓީމުތަކަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެ މަރުކަޒުން އެދިފައިވެއެވެ.

އޯގަސްޓް 3 އާއި ހަމައަށް ހޯރަފުށީގެ ޖުމްލަ އާބާދީ އަކީ 3624 މީހުންނެވެ. އެއީ 1856 ފިރިހެނުންނާއި އަދި 1768 އަންހެނުންނެވެ.