ބިލެތްފަހީ ބަނދަރުން ހިތްފަސޭހަކަން ލިބިދިނުމަށް މާގަސް އިންދާ ޕޮޓް ބަހައްޓައިފި
ށ.ބިލެތްފަހީ ބަނދަރު ހިތްފަސޭހަތަނަކަށް ހެދުމަށް މާގަސް ޕޮޓް ބެހެއްޓުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެ ރަށު ކައުންސިލުން އިންތިޒާމްކޮއްފައިވާ މި ހަރަކާތަކީ ބަނދަރު ޒީނަތްތެރިކުރުމުގެ ގޮތުންނާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ބަނދަރަށް އައިސް އުޅޭ ކުދި ބޮޑު އެންމެންނަށް އެ ތަނަކީ ހިތްފަސޭހަ މާހައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެއްކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. ސިމެންތިން ހަދާފައި ހުރި ބޮޑެތި މި ޕޮޓްތަކުގައި ތަފާތު އެކި ކުލަކުލައިގެ މަލިކުރުވ...