ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026" ގެ އިތުރު ދެ މެޗެއް އިއްޔެ ކުޅެފިއެވެ.
އެ ގޮތުން މުބާރާތުގެ ހަތަރުވަނަ މެޗަކަށް ކުޅެފައިވާ ފުޓްސަލް މެޗުގައި ބައްދަލުކުރީ ޓީމް ގްރީން އާއި ޓީމް އޮރެންޖެވެ.
މި މެޗްގައި 2-4 ގެ ނަތީޖާއިން ކުރި ހޯދީ ޓީމް އޮރެންޖެވެ. މި މެޗްގައި ޓީމް ގްރީންގެ ލަނޑުތައް ނާހިލް ޞޮބާހާއި ޒައިކް ބިން އަބްދުﷲ އަޒުމީ ކާމިޔާބުކޮއްދީފައިވާއިރު، ހުސައިން މާހިލް އާމިރާއި، އަޙްމަދު އަލާން އަބްދުއްރަހީމްގެ އިތުރުން އައިދިން އަޙްމަދު އިސްމާޢީލް ވަނީ ޓީމް އޮރެންޖަށް ލަނޑު ޖަހައިދީ، ޓީމް މޮޅުކޮއްދީފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ދަ މެޗް"އަށް ހޮވިފައިވަނީ ޓީމް އޮރެންޖްގެ ހުސައިން މާހިލް އާމިރެވެ.
މީގެއިތުރުން އިއްޔެ މި މުބާރާތުގައި އިތުރު ހޭންޑްބޯލް މެޗެއް ކުރިއަށްގެންގޮސްފައިވެއެވެ. މި މެޗުގައި ބައްދަލު ކުރީ ޓީމް ގްރީންއާއި ޓީމް ޕިންކެވެ. ވާދަވެރި ކުޅުމަކުން މި މެޗު ކާމިޔާބުކޮއްފައިވަނީ 6-4 ގެ ނަތީޖާއިން ޓީމް ގްރީންއެވެ. ޓީމް ޕިންކްއަށް 4 ގޯލް ވެސް ޖަހައިދީފައިވަނީ، އައިޝަތު އާލާ ފަރުހާދެވެ.
ޓީމް ގްރީންގެ ލަނޑުތައް ކާމިޔާބުކޮއްދީފައިވަނީ އަރުޝީ މުޙައްމަދު ފާއިޒާއި އާމިނަތު ނަދުހާ މުނީޒާއި، ފާތިމަތު އައިލީން އާމިރެވެ. މީގެ އިތުރުން މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ " ކުއީން އޮފް ދަ މެޗް" ޙާޞިލް ކުރީ ގްރީން ޓީމަށް އިތުރު ތިން ލަނޑު ޖަހައިދިން ކައިލީ ބިންތު އަލީ ރަމްޒީއެވެ.
ފޯރިގަދަ، މި މުބާރާތް ހަފްތާއަކަށް ކުރިއަށް ދާނެކަމަށް ރަމްޒު އެކަޑަމީން މައުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!