ހދ.ހަނިމާދޫ ފުއްޓަރު ސަރަޙައްދުގައި ޓީ-ޖެޓީއެއް އެޅުމުގެ ސާރވޭއާއި، ޑިޒައިނިންގ މަސައްކަތް ޝެރެޓް ސްޓޫޑިއޯއާ ޙަވާލުކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ، މި ޖެޓީ އެޅުމުގެ މައިގަނޑު މަޤްޞަދަކީ، އެ ރަށުގެ މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމެވެ.
މި މަޝްރޫޢުގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ނިމުމުން، ޖެޓީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބީލަމަށް ހުޅުވާލާނެކަމަށާއި، މި ޓީ-ޖެޓީ ޤާއިމުކުރެވުމުން، ހަނިމާދޫގެ މަސްވެރިކަން އިތުރަށް ކުރިއަރާ، ސޯޕްޓްސް މަސްވެރިކަން އިސްތިހާރުވެގެން ދާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ޝެރެޓް ސްޓޫޑިއޯއާ މި މަސައްކަތް ޙަވާލުކޮށް، ވެވުނު އެއްބަސްވުުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހީމް އެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ ދެލައްކަ ސޯޅަ ހާސް ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!