ހއ. މުރައިދޫގައި ކުރިއަށް ގެންދިޔަ "ފަތަމާ ހިނގާ" ޕްރޮގްރާމް ފެތުމުގެ މުބާރާތަކާއެކު ނިންމާލައިފިއެވެ.

މިއީ މުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގުޅިގެން މުރައިދޫ ސްކޫލްގެ ގްރޭޑް 3ން 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

Ad
rt

ހއ.ދިއްދޫ ޕޮލިސް އަދި މުރައިދޫ ޕޮލިސް ޕޯސްޓްގެ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 23 އޯގަސްޓުން 2 ސެޕްޓެމްބަރގެ ނިޔަލަށެވެ. މި މުބާރާތް ނިންމާލައިފައިވަނީ، ގްރޭޑްތަކުގެ މެދުގައި ބޭއްވުނު ފެތުމުގެ މުބާރާތަކާއެކު ނުހަނު ފޯރިގަދަކޮށްކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

May be an image of one or more people, dais and text

މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ، މީގެ ކުރިން ފެތުމުގެ ހުނަރު ހުރިކަން އެނގިފައިނުވާ ގިނަ ކުދިންތަކެއްގެ ހުނަރު، މި ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަމަށާއި، އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކާމިޔާބީއެއް ހޯދޭނެފަދަ ހުނަރުވެރި ދަރިވަރުންތަކެއް މި ޕްރޮގްރާމުން ފެނިގެން ގޮސްފައިވާކަމަށެވެ.

May be an image of one or more people, dais and text

މީގެ ކުދިން މުރައިދޫގައި، މި ފަދަ މޫދު ހަރަކާތްތަކެއް ބާއްވާފައި ނުވުމާއެކު، މި ޕްރޮގްރާމަކީ ދަރިވަރުންނަށް، ލިބިގެންދިޔަ އަގުހުރި ފުރުޞަތެކެވެ. ރަށް ވަށައިގެން އޮތީ މާކަނޑާއި، މޫދުކަމަށް ވާތީ، މޫދަށް ދަރިވަރުން ޅަ ފަތުގައި އަހުލުވެރި ކުރުމާއި، ފެތުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ވަރަށް ކާމިޔާބުކަމުގައި ވެސް އަމްޖަދު ވިދާޅުވިއެވެ.

"ފަތަމާ ހިނގާ" ޕްރޮގްރާމްގައި މުރައިދޫ ސްކޫލްގެ 90 ދަރިވަރުން ބައިވެރިވެފައިވެއެވެ.