ށ.މާއުނގޫދޫއިން ބިން ދޫކޮއްފައިވާ ޖަމްޢިއްޔާތައް ހިންގާކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ.

މާއުނގޫދޫގެ ކުލަބް ޖަމްއިއްޔާ ތަކަށް ދޫކުރެވިފައިވާ ބިންތައް ބޭނުން ނުކޮށް ހުރުމުން، އެ ތަންތަނުގައި ގަސްހެދި، ތަނުގެ ސާފުތާހިރުކަން ގެއްލޭތީ، އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފައިވެއެވެ.

Ad
rt

މާއުނގޫދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާތީ، އެރަށުން މިހާތަނަށް ބިން ދޫކުރެވިފައިވާ، ކުލަބް، ޖަމްއިއްޔާތަކަކީ، މިހާރުވެސް ހަރަކާތްތެރިވަމުންދާ، ތަންތަންކަން ޔަގީންކުރުމަށް އެ ކައުންސިލުން ބޭނުންވެއެވެ.

އެހެންކަމުން ބޭނުން ނުކޮށް ހުރި ބިންތަކުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި، ބިން ދޫކޮއްފައިވާ ހަ ޖަމްޢިއްޔާގެ ނަން މިހާރު ވަނީ ޢާންމުކޮއްފައެވެ.

އެއީ:

- ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް މާއުނގޫދޫ އެންވަޔަރަންމަންޓް އެންޑް ސްޕޯރޓްސް (ފޭމްސް)
- ސޮސައިޓީ ފޯރ މާއުނގޫދޫ ޔޫތް ލިންކޭޖް (ސްމައިލް)
- ސޮސައިޓީ ފޯރ އޯޕަން ޒެސްޓް އިން ބްރޯޑަރ އޮޕަޗުނިޓީޒް ފޯރ ޔޫތް އެންޑް ސްޕޯރޓްސް (ސޮޒްބޯއީޒް)
- މާއުނގޫދޫ އެސޯސިއޭޝަން ފޯރ އައިލެންޑް ޑިވޮލޮޕްމަންޓް (މައިޑް)
- ރިކްރިއޭޝަން ފޯރ ޔޫތް އެންޑް ސޮސައިޓީ އެންޕަވަރމަންޓް (ރައިޒް)
- ބިޔޯންޑް އިމޭޖިނޭޓިވް އޮޕްޓިމިސްޓިކް ނިފްޓީ އައިލެންޑް ކްލަބް (ބަޔޯނިކް)

މި ކުލަބް، ޖަމްއިއްޔާ ތަކުން، އެ ކުލަބް، ޖަމްއިއްޔާތައް ހިންގުމުގައި ހަރަކާތްތެރިވާ މަސްއޫލު ވެރިފަރާތްތަކުގެ މަޢުލޫމާތު 08 ސެޕްޓެމްބަރ 2026ގެ 14:00ގެ ކުރިން މާއުނގުދޫ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.